މާލޭ އާޓިފިޝަލް ބީޗްގައި މިރޭ ހަވާއަރުވަނީ

މާލޭ އާޓިފިޝަލް ބީޗްގައި މިރޭ ހަވާއެރުވުމަށް ނިންމާފައިވާކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އާޓިފިޝަލް ބީޗް މޫދުގައި މިރޭ 21:00 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މިރޭ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަވާއެރުވުމުގެ ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރަށްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑިއެފުން ވަނީ ރޭ ހުޅުމާލެ ފޭސް 3 ސަރަހައްދުގައިވެސް ހަވާއަރުވާފައެވެ. ހަވާއެރުވުމުގެ އެ ހަރަކާތަކީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 
Advertisement
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ