ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ކުރަމުން ގޮސް, މުއިއްޒުއާއި ފަޒުލް އަރިސް މީހުންނަށް ހުޅުމާލެއިން ވަގަށް ގޯތި ކަނޑާފަ ދޭ ހިސާބަށް ދިޔައިރުވެސް, “ވައްކަމާއި ދެކޮޅު” ކަމަށް ވިދާޅުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ޓުވީޓެއްހާ މިންވަރުވެސް ކޮށްލާކަށް ނުކެރުނުކަން ހާމަވެއްޖެއެވެ.
އެގޮތުން އެޗްޑީސީގެ އެމްޑީ ފަޒުން އޭނާގެ ބޭބެއަށް ވަގަށް ހުޅުމާލެއިން ގޯތި ދީ, އަދި މުއިއްޒުގެ އެންގުމަށް އެތައް ބަޔަކަށް ވަގަށް ހުޅުމާލެއިން ގޯތި ދޫކޮށް, އަދި ނުއަގުގައި ގޯތި ވިއްކާ, އޭގެ އިތުރުން ވިނަރެސްއިން ފެލެތް ދީފައިވާކަން ހާމަވެގެން ދިޔައިރުވެސް މި ކޮރަޕްޝަނާއި ދެކޮޅަށް މިހާތަނަށް އައިއިރު ނަޝީދު ޓުވީޓެއްހާ މިންވަރުވެސް ކޮށްފައެއް ނުވެއެވެ.
ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅު, އަދި އަބަދުވެސް ތާހިރު ސަރުކާރެއް ހިންގުމަށް ވަކާލާތު ކުރައްވާކަމަށް ވިދާޅުވާ ނަޝީދަށް, މުއިއްޒުގެ ސަރުކާރުން ކުރަމުންދާހާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް އެއީ ނުތާހިރު އަމަލުތަކެއްގެ ގޮތުގައި ސިފަ ވަމުން ނުދާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
ބެލެވޭ ގޮތުގައި ނަޝީދު އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެފަޅިންވެސް ފަރިއްކުޅުއްވޭތޯއެވެ. އެގޮތުން ނަޝީދު ބޭރު ދުނިޔޭގެ ބައެއް އެވޯޑުތަކަށް ކުރިމަތިލާން ބޭނުންވާތީ މިސަރުކާރުގެ ރުހުން ހޯދަން ބޭނުންވާއިރު, ދެން އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ނުވަތަ އެޕާޓީގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވޭތޯ މަގެއް ހޯއްދަވަން ބޭނުންވާކަމަށްވެސް ނަޝީދުގެ އަރިސް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ނަޝީދު މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ބުސް ނުބުނެ ހަނު ހުންނަމުންދާއިރު, ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ވަނީ ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުގެ މަސައްކަތް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ކަމަށް ބުނެ, މަސައްކަތް ކުރުމަށް އެއްބަސްވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ އެކު އެއްބަސްވެވޭ ހަމަތަކެއްގެ މަތިން މަސައްކަތްކުރުމަށް ނިންމާފައެވެ.
އެ އެ ޕާޓީން އެގޮތަށް ނިންމީ މިދިޔ ބުރާސްފަތި ދުވަހު ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގެ 11 ވަނަ ބައްދަލުވުމުން ފާސްކުރެވުނު ގަރާރަކުންނެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ޑިމޮކްރެކްޓްސް އަކީ އިދިިކޮޅުގައި އޮތް ޕާޓީއަކަށްވުމާ އެކު، މިހާރުގެ ސަރުކާރުން ގަސްތުގަ އާއި އިހުމާލުން ރައްޔިތުންނަށާއި ގައުމަށް ބޭއިންސާފުވެ ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަށެވެ.
މީގެއިތުރުން، ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުން ދަނީ ގާނޫނު އަސާސީއިން ތަރުތީބުކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް، ދައުލަތުގެ މުވައްސަސާތައް ރައީސުލްޖުމްހޫރިއްޔާއަށް ކޮންޓްރޯލް ލިބޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ބޮޑެތި ބަދަލުތައް ގެނެސް، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ދޮރުތައް ބަންދުކުރަމުންނެވެ.
ސަރުކާރު ޒިމްދާރު ކުރުވުމަށް އެހެން ޕާޓީތަކާ ގުޅުމަށް ޑިމޮކްރެޓްސްއިން ނިންމި ނަމަވެސް, މުއިއްޒު ކުރަމުންދާހާ ވައްކަންތަކަށް އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ދެލޯ މަރާލައިގެންނެވެ. އެގޮތުން މުއިއްޒުއާއި ގުޅިގެން, އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވަގަށް އެތައް ބަޔަކަށް ހުޅުމާލެއިން ގޯތި ކަނޑާ ދިންއިރުވެސް މި ބޮޑު ކޮރަޕްޝަނާއި ގުޅިގެން ނަޝީދު އަދި މިހާތަނަށް ޓުވީޓެއްހާ މިންވަރުވެސް ކޮށްފައެއް ނުވެއެވެ.
ނަޝީދު ފާހަގަ ވެފައިވަނީ, ސިޔާސީ މަންފާ ހާސިލްކުރުމަށް އަމިއްލަ އެދުން އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އަމިއްލަ ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދައްކާ, މުއިއްޒުގެ ވައްކަންތަކަށް ނަޝީދު ދެލޯ މަރާލައިގެން ހުންވަނީ ދެފަޅިއަށް ފައި ލައްވައިގެން ހުންނެވުމުގެ ބޭނުމުގައި ކަމަށް ގިނަބަޔަލު ގަބޫލުކުރެއެވެ.
ވައްކަން ކުރަމުން ކުރަމުން ގޮސް, މުއިއްޒުއާއި ފަޒުލް އަރިސް މީހުންނަށް ވަގަށް ގޯތި ކަނޑާފަ ދޭ ހިސާބަށް ދިޔައިރުވެސް, “ވައްކަމާއި ދެކޮޅު” ނަޝީދުއަށް ޓުވީޓެއްހާ މިންވަރުވެސް ކޮށްލާކަށް ނުކެރުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ