ފެނަކައިން 900 އަށްވުރެ ގިނަ މުވައްޒަފުން ދޫކޮށްލައިފި

އެއްބަސްވުން ހަމަވެގެން ފެނަކަ ކޯޕަރޭޝަންގެ 900 މުވައްޒަފުން ދޫކޮށްލައިފި އެވެ.ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، އެއްބަސްވުން އާ ނުކުރަން ނިންމާފައިވަނީ، އެކި ރަށްރަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުން ކަމަށެވެ. އެއީ ފެނަކައިގެ މެންޑޭޓުން ބޭރުން ކުރަމުންދާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. "ދޫކޮށްލީ 40 ރަށުން ގާތްގަނޑަކަށް 900 މުވައްޒަފުން. އެއީ ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައި، ނުވަތަ މަސައްކަތެއް ނެތް ރަށްތައް. އެހެންވެ ދޫކޮށްލީ،" މުއާޒު ވިދާޅުވި އެވެ."ފެނަކައިގެ އޮފީސް އިމާރާތްތައް ހެދުމާއި ޕަވާ ހައުސް ހެދުމާ މި ކަހަލަ ކަންތައްތައް ކުރަން ނަގާފައި އެބައުޅޭ ގާތްގަނޑަކަށް 1800 އެއްހައި ސްޓާފުން. ހަމައެކަނި މި ކަންތައްތަކަށް އެކަނި،" ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގަ އެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކަނި ވެސް 747 މުވައްޒަފުން އެ ކުންފުންޏަށް ނަގާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ