ކޯޓުން 5 ދުވަސް ކުޅެދީފި، ހުވާކުރަންދެން ފަސޭހައިން ހިފަހައްޓައިލެވޭނެ: ނަޝީދު
އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ލަސްކުރުމުގައި ފަސް ދުވަސް ސުޕްރީމް ކޯޓުގައި ހިފަހައްޓައިލެވިއްޖެކަމަށާއި، އިންތިޚާބީ ރައީސް ހުވައިކުރުމާ ހަމައަށް ހިފަހައްޓައިލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގެން، އެ ކޯޓުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗަށް އެ މަނިކުފާނު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިތުބާރުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވަޓްސަޕް ގްރޫޕުގައި އެ މަނިކުފާނުވަނީ އެމްޑީޕީގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު ވަރަށް ބޮޑަށް ނުރުހިވަޑައިގެން މެސެޖު ކުރައްވައިފައެވެ. ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ