ތުލުސްދޫ މެމްބަރު ނަސީމް ޕީއެންސީއަށް، ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ އަދަދު ހަމަހަމަ ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގައި އިންނެވި ނަސީމު މިއަދު ވަނީ ޕީއެންސީއަށް ސޮއި ކުރައްވައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ފޯމު ހަވާލުކުރައްވައިފަ އެވެ.
މި ބަދަލާއެކު މަޖިލީހުގައި މިހާރު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ އަދަދު ހަމަހަމަވާނެ އެވެ. އެއިން ކޮންމެ ޕާޓީއެއްގައިވެސް މިހާރު ތިއްބަވާނީ ފަސް މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ