މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީއާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް ނިންމާފައިވަނީ ވަކިން ނުކުތުމަށް ހިތްވަރު ނެތުމުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ބައިބައިވެ، އެ ޕާޓީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތައް ޖޭޕީ އާއިއެކު މަސައްކަތްކުރުމަށް ނިންމާފައިވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވެފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ފިކުރެއްގެ ދިރުމަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޝަރީފްވަނީ ފިކުރެއްގެ ދިރުންގެ ނިންމުންތަކުން އެ ފެކްޝަންގެ ބާރު ނެތިގޮސްފައިވާކަން ހާމަވެގެންދާކަމަށެވެ.
އޭނާ ވިދާޅުވީ، އެ ފެކްޝަން މިވަގުތު އޮތީ މެކުހަށް ޖަހާފައިކަމަށެވެ. އެހެންނަމަވެސް އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއް އެ ފެކްޝަންގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ފެނިގެންދަނީ އެ ފެކްޝަނުން އެމްއާރްއެމް ފަދަ ކުޑަ ޕާޓީއެއް ހަދައިގެން މަސައްކަތްކުރާ މަންޒަރުކަމަށެވެ. އަދި މިހާރު އެ މަގަށް ފިކުރެއްގެ ދިރުން އެޅުމުގެ އަލާމަތްތައް ފެންނަމުންދާކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ތިއްބެވީ އެމްޑީޕީ ދޫކުރެއްވުމަށް ތައްޔާރަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
FIkureggeDhirun mekuhah jahaafa. Amilla ah verikamah kurimathi lumuge hivvareh nei. MRM fadha kuda party akah vaathan mi fennanee. Eyge kolhumathi fennan fashaifi @MDPSecretariat dhookoffa dhaan ready vejje pic.twitter.com/YZ4qEBdcqv
— Ibrahim Shareef (@AdduShareef) April 7, 2023
ޝަރީފް އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ކަންބޮޑުވުންތައް ހުރިކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ހިންގަމުންދާ ހަރަކާތްތައް ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވާކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިކުރެއްގެ ދިރުން ފަރާތުން ވާހަކަދައްކަވަމުން ކުރީގެ ޗެއަރޕާސަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ގަވައިދާއި ހިލާފުވެވޭކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވިދާލުވެފައެވެ.
ނަޝީދު ގާސިމް އާއި ގުޅުނީ ވަކިން ވާދަކުރާ ވަރަށް ހިތްވަރު ނެތީމަ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ