އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސް އާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މާލިން" ގެ އަސްކަރީ ތަމްރީނުތަކުގެ ފަސްވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.
މި ތަމްރީނުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާރު ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނެވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮން އާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް ވެސް ބައިވެރިވެވަޑައިގަތެވެ.
މި ތަމްރީނުތައް މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެ އެވެ.
"މި އެޑިޝަންގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައި. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފަ،" އެމްއެންޑީއެފްއިން ހާމަކޮށްފައިވެ އެވެ.
އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.
އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.
ނޭޝަނަލް ގާޑްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އާންމު ވަޒީފާ އަދާކުރާ މީހުންނެވެ. މި ރިޒާވް ސިފައިންގެ ފޯސްގައި މިވަގުތު 443,543 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބެ އެވެ.
އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނެއް ފަށައިފި އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ