ރިޔާސި ކޮމިޝަނުގެ ތަހުގީގަށް ވެސް ޔުމްނުގެ ބަޔާން ދޭން އާއިލާއިން ދެކޮޅުހެދި ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑުކުރަން ޖެހޭ- ނާޒިމް ޔުމްނު މައްސަަލަ: އިންކުއަރީ ރިޕޯޓު ހާމަކުރަން ރައީސް އަންގަވައިފި ޔުނިވަރސަލް ރިސޯޓްތަކުން

ހަތްވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައިސް އޮފީހުން ބުނީ މާދަމާ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާ އެ ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ވެސް ސާޖިދާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެފްއެފްއެލްއައި ސަމިޓަކީ އިޖުތިމާއީ އަދި ސިއްހީ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ފަސްޓް ލޭޑީސް، ސިއްހީ ލީޑަރުން، އަދި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ތަޖުރިބާކާރުން އެއްބައިވެ ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ފޯރަމެކެވެ. އެފްރިކާ އަދި އޭޝިއާގެ ފަސްޓް ލޭޑީން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް އެއްބާރުލުން ދިނުމާއި އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށް އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަމިޓް އިފްތިތާހު ކުރުމުގެ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި “މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ”ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ