އައްޑޫގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވީތަ؟ ފުރުސަތު އޮތީ މިރެއާ ހަމައަށް!

އައްޑޫގައި ބާއްވަން ނިންމާފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރެއަށް ހަމަވާނެއެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާއިރު މި އުފާވެރި ހަރަކާތުގައި ގިނަ ބަޔަކަަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އަތޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދެއެވެ.
އައްޑޫގެ މަރަދޫގައި މި މަހުގެ 27 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާނެއެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "މޫލީ" މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
ފަން ރަންގެ ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިހުތިޔާރު ކުރެވޭނެއެވެ. އެއީ 210 ރުފިޔާއަށް ދޫކުރާ ފަން ކިޓް އަދި 110 ރުފިޔާއަށަ ދޫކުރާ ސްޓޭންޑަޑް ކޭސްއެވެ.
ފަން ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާއެއް ހިމެނޭނެއެވެ. އަދި ސްޓޭންޑާޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓް ބޭންޑެއް ހިމެނޭނެއެވެ.
މި ހަރަކާތަކީ ހަ އަހަރުން މަތީގެ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެ، ހިތްގައިމުކަމާ އެކު ގުޅުން ބަދަހިކުރެވޭނެ ރަންއެކެވެ. އައްޑޫ ސިޓީގެ މަގުތަކަށް ކުލަ އާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދަކަށް މި ދުވުން ވާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އުރީދޫން ބުނީ ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކާ އަދި އިންފްލެޓޭބަލް ސްޓޭޝަންތަކާ އެކު ކުރިއަށްދާ މި ދުވުމަކީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެ ފަދަ ދުވުމެއް ކަމަށެވެ.
އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެޒ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ