ކުޅުދުއްފުށީގައި އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކުޅުދުއްފުށި ސިޓީގައި އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޢީދު މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
"ކުރުނބާ ޢީދު މުބާރާތް" ގެ ނަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ބޭއްވި މި މުބާރާތުގައި ކުޅުދުއްފުށީގެ 7 ގެއެއް ސަގާފީ އަދި ޒަމާނީ ޒީނަތްތެރިކުރުމަކުން ޒީންތަތެރިކޮށްފައިވާއިރު މި މުބާރާތުގައި ވަނަ ހޮވުމަށް ޖަޖުން ގެ ޕެނަލަކުން އިންސާފުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި، ޒަމާނީ އަދި ސަގާފީ ގޮތުން 1 ވަނަ އާއި 2 ވަނަ ހޮވައި ފައިސާ ގެ އިނާމާއި މި މުބާރާތުގައި ފަނޑިޔާރުކަންކޮށްދެއްވާފައިވާ ފަރާތްތަކަސް ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން ޒަމާނީ ގޮތުން ގެ ޒީނަތްތެރިކޮށް މި މުބާރާތުގައި 1 ވަނައިގެ ގޮތުން 10،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދާފައިވަނީ ހިތިގަސްދޮށުގެއިންނެވެ. އަދި 2 ވަނަ ލިބި، 5،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދާފައިވާ ގެއަކީ ސޯމާ އެވެ.
މީގެ އިތުރުން ސަގާފީ ގޮތުން ގެ ޒީނަތްތެރިކޮށް 1 ވަނަ ހޯދައި، 10،000 ރުފިޔާގެ ފައިސާގެ އިނާމް ސޯމާ އިން ހޯދާފައިވާއިރު، އެ ބައިން 2 ވަނަ ހޯދައި 5،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދާފައިވަނީ ޓީމް ރިޔާ އިންނެވެ.
ކުޅުދުއްފުށި ސިޓީގައި މިއަހަރު އަޟްހާ ޢީދު ފާހަގަކޮށްފައިވަނީ މުއްސަނދި ސަގާފަތަކާއި އެކު ރަށުގައި ސަގާފީ އަދި ޒަމާނީ ހަރަކާތްތައް އެއްކޮށްލައިގެން އެކި އުމުރުފުރައިގެ ރައްޔިތުންނަށް އަމާޒުކޮށްގެން ވަރަށް ކުލަގަދަ ކޮށެވެ.
ސިޓީ ކައުންސިލުން މިފަދަ މުބާރާތްތައް ބާއްވައި ރަށުގެ ރައްޔިތުންގެ ހުނަރާއި ޝުޢޫރުތައް ފާހަގަކުރަން ފުރުސަތުތައް ފަހިކޮށްދެއްވައި ރައްޔިތުންނަށް މިފަދައިން ތަރުހީބު ދެމުންދާކަމަކީ ކުރިއަށް އޮތް ތާނގައި ސަގާފަތް ދިރުވައި އާލާ ކުރުމަށް ލިބިގެންދާނެ އިތުރު ފުރުސަތެއް ކަން ފާހަގަކޮށްލެވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ