މަޖިލީހުގެ ރައީސްގެ އުފަން ރަށުގައި މިއަދު ހުކުރު ކުރެއްވީ އޭނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަބްދުއްރަހީމް ރަށު މިސްކިތެއްގައި ހުކުރު ހުތުބާ ދެއްވާ މަންޒަރުގެ ފޮޓޯތައް ރަށު މީހުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
އެނގުން މުހިންމު - ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އުފަން ރަށް ފޮނަދޫގައި މި ވަގުތު ހުންނެވި އިރު އެ މަނިކުފާނާ ރައީސް މުހައްމަދު މުއިއްޒާ ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން:
އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވި
ސަރުކާރުގެ ކުންފުނިތަކާއި ބައެއް އިސް މަގާމުތަކުގައި ތިއްބެވި އަބްދުއްރަހީމްގެ ބޭބޭފުޅުންނާއި ރަހުމަތްތެރިން ވަނީ ވަކިކޮށްފައި 
ޕީއެންސީ ހިންގުމުގެ ކަންކަން ވެސް އަބްދުއްރަހީމް އެކަހެެރިކޮށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާ ވަނީ ހަވާލުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ