ރޯދަމަހުގެ ފަހު 10ގައި މިފަހަރު ވެސް ސަރުކާރު ބަންދުވާނެ

ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މި އަހަރު ވެސް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިއީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ބުނީ ކީކޭ؟ - ރައީސް އޮފީހުން މިއަދު ބުނީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން މިދިޔަ އަހަރު ރައީސް ހަމަޖެއްސެވި ގޮތަށް، މިފަހަރުގެ ރޯދަމަހު ވެސް ފަހު 10ގައި ސަރުކާރު ބަންދުވާނެ ކަމަށެވެ. އެގޮތުން:
ސަރުކާރުގެ އޮފީސްތައް ބަންދުވާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން
އެނގުން މުހިއްމު - ސަރުކާރު ބަންދުވާ ދުވަސްތަކުގައި ރަސްމީ އިދާރާތަކުން ކޮންމެހެން ދޭން ޖެހޭ އާއްމު ހިދުމަތްތައް، އެ ތަނަކުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ