ސަންފްރަންޓު ސެންޓްރަލްގެ 'ބައި އެންޑް ވިން' ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް

ޕަވަޓޫލްސް އިން ފެށިގެން ގޮސް ހޯމް އެޕްލަޔަންސް އަދި ހޭންޑް ޓޫލްސް އާއި ހާޑްވެއާއަށް ހާއްސަ ސަންފްރަންޓް ސެންޓްރަލް ފިހާރަ ހުޅުވުމާ ގުޅުވައިގެން ކުރިއަށް ގެންދާ 'ބައި އެންޑް ވިން' ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ސަންފްރަންޓުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު ހުޅުވި ސަންފްރަންޓު ސެންޓްރަލް ފިހާރަ ހުންނަނީ މަޖީދީ މަގުގަ އެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި މި ފިހާރައިން ކުރާ ކޮންމެ 1،000ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން:
1 ވަނައަށް އައިމާ އިލެކްޓްރިކް ސްކޫޓަރެއް
2 ވަނައަށް ރަށު ޕިކަޕެއް
3 ވަނައަށް ވޮޝިން މެޝިނަކާއި ފްރިޖެއް
މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސަންފްރަންޓު ސެންޓްރަލް އިން 300ރ. އިން މަތީގެ ވިޔަފާރިކޮށްގެން ނަސީބު ވަޒަންކޮށްލުމުގެ އިތުރު ފުރުސަތެއް ވެސް އޮންނާނެ އެވެެ. ފިހާރާގައި ހުންނަ 'ސްޕިން ދަ ވީލް' ބުރު އަނބުރާލައިގެން އިތުރު ހަދިޔާ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.
ސަންފްރަންޓް ސެންޓްރަލް އިން ފެންވަރު ރަނގަޅު ހާޑްވެއާ އާއި ޕަވަޓޫލްސް، ހޭންޑް ޓޫލްސް އަދި ހޯމް އެޕްލަޔަންސްގެ އިތުރުން ސެނިޓަރީ ވެއާ އަދި އިލެކްޓްރިކް ސާމާނު ހެޔޮ އަގުގައި ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ