ކުޑަގިރި ފަޅުގައި ޑައިވް ސައިޓެއް ހެދުމަށް، ދެ މަތިންދާބޯޓު ފައްތައިފި

ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރާ ޑައިވް ސައިޓަށް ދެ މަތިންދާ ބޯޓު މިއަދު ފައްތައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ، ކުޑަގިރި ފަޅުގައި ޑައިވް ސައިޓު ތަރައްގީ ކުރަނީ އެރަށަށް ޒިޔާރަތް ކުރާ މީހުންނަށް ޚާއްސަކޮށް ކަމަށެވެ. ދޫނިއާ ރެކްގެ ނަން ދީފައިވާ އެ ޑައިވް ސައިޓަށް ފައްތާފައިވަނީ އެއާ މޯލްޑިވްސްއިން ބޭނުންކުރި ދެ މަތިންދާ ބޯޓެވެ. އެޗްޑީސީން ބުނީ، އެ ސައިޓަށް ފެއްތި ޑޯނިއާ 228އަކީ އެއާމޯލްޑިވްސްއިން ފުރަތަމަ ގަނެފައިވާ އެއާކްރާފްޓްތަކުގެ ތެރެއިން އެއް އެއާކްރާފްޓު ކަމަށެވެ. މަތިންދާ ބޯޓުތައް ކުޑަގިރި ފަޅަށް ފެއްތުމުގެ މަސައްކަތް ކުރަނީ ---- ފޮޓޯ/ އެޗްޑީސީ އެޗްޑީސީން އެތަން ތަރައްގީ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ގުޅިގެންނެވެ. https://x.com/hdcmaldives/status/1900891679537946989 އެޗްޑީސީން ވަނީ، މަތިންދާ ބޯތުތައް ފެއްތުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯތަކާ ވީޑިއޯއެއް ހާމަކޮށްފައެވެ. ކުޑަގިރި ފަޅަށް ބޯޓު ފައްތަނީ --- ފޮޓޯ/ އެޗްޑީސީ އޭގެން ފެންނަ ގޮތުން، ބޯޓުތައް ފައްތާފައި ވަނީ ބަރު ހަރުކޮށްގެން މޫދުގައި ހުންނާނެ ގޮތަށް ކަމަށްވާއިރު، އެބޯޓުތައް އެތަނަށް ގެންގޮސްފައި ވަނީ އެމްޓީސީސީގެ ބާޖެއްގައެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއާއި ފަތުރުވެރިކަމާ ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމްގެ ބައިވެވަޑައިގަތެވެ. ކުޑަގިރިއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ރަށެކެވެ. ޑައިވް ކުރުމަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި ވާއިރު، ރާއްޖޭގައި ފާހަގަކޮށްލެވޭ ޝިޕްވްރެކްތައް ވެސް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ