އޭޓީއެމް ފެއާގައި ރާއްޖެ ތަމްސީލްކުރުމަށް ބޭންޑެއް ހޯދަނީ!

އަންނަ އޭޕްރިލްމަހުގެ 28 ގައި ޔޫ.އޭ.އީގެ ދުބާއީގައި އޮންނަ އޭ.ޓީ.މް ފެއަރގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ނައިޓް އަދި ދިވެހި ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ރާއްޖެ ތަމްސީލްކުރުމަށް މިއުޒިކް ބޭންޑެއް ހޯދުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީން ވަނީ، އަރަބިއަން ޓްރެވަލް މާކެޓްގައި ކުރިއަށްދާ މޯލްޑިވިއަން ނައިޓް އަދި ރާއްޖޭގެ ސްޓޭންޑްގައި މިޔުޒިކު ހުށަހަޅާދޭނެ ދިވެހި މިޔުޒިކް ބޭންޑެއް ބޭނުންވާ ކަމަށެވެ. އެމްއެމްޕީއާރުސީން ބުނީ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންނަ މާޗްމަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ އެ ކޯޕަރޭޝަންގެ އޮފީހުގައި މައުލޫމާތު ދިނުން އޮންނާނޭކަމަށެވެ. 
ޔޫ.އޭ.އީގެ ދުބާއީގައި އޮންނަ މި ފެއާ ކުރިއަށް ދާނީ އޭޕްރިލްމަހުގެ 28 ވަނަ ދުވަހުން ފެށިގެން މެއިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. 
Advertisement
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މެދުއިރުމަތީގެ މާކެޓަކީ ވަރަށް މުހިއްމު މާކެޓެއްކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ. ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިގެންދިޔަ 2024 ވަނަ އަހަރު މެދުއިރުމަތީގެ ޤައުމުތަކުން ދިވެހިރާއްޖެއަށް 79,705 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 4 އިންސައްތަ ދަށްވުމެކެވެ. ތަފާސްހިސާބަށް ބަލާއިރު މެދުއިރުމަތީގެ ޤައުމުތަކުން 2023 ވަނަ އަހަރު ރާއްޖެއަށް 80,671 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ