ހިޔާގައި ސްޓެލްކޯއިން މަސައްކަތެއް ކުރަން ތާވަލެއްގެ ދަށުން ކަރަންޓް ކަނޑަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ސްޓެލްކޯއިން މުހިންމު މަސައްކަތެއް ކުރަން ވަކި ތާވަލެއްގެ ތެރެއިން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ސްޓެލްކޯއިިން ވަނީ އެ ކަން ފާހަގަކޮށް އެ މަސައްކަތް ހިނގާ ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ސަމާލުވުމަށް ހިޔާގައި ދިރިއުޅޭ އާންމުންގެ ކިބައިން އެދިފަ އެވެ. 
ތަފްސީލް - ސްޓެލްކޯއިން ބުނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، މާދަމާ މަސައްކަތް ކުރާނީ ހިޔާގެ ފުރަތަމަ ޓަވަރުގައެވެ. އެގޮތުން:
އެ މަސައްކަތް ކުރާޏީ މާދަމާ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އަށް
ކަރަންޓު ކެނޑިދާނެ ކަމަށް ބުނީ އެ ވަގުތުތަކުގެ ތެރެއިން ކޮންމެ ފްލެޓަކުން ގާތްގަނޑަކަށް 30 އަކަށް މިނެޓަށް
މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ