ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝަމްއާ އައްޔަންކޮށްފި
ރެޖިސްޓްރާ އޮފް ކޮންޕެނީސްގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާޢީލް މިއަދު އައްޔަންކޮށްފި އެވެ.ގާނޫނީ ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޝަމްއާ އެ މަގާމަށް އައްޔަންކުރިކަން އިއުލާންކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.އެ ޕޯސްޓުގައި ސައީދު ވަނީ ޝަމްއާއަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.ޝަމްއާ ވަނީ 2004ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާ އޮފް ލޯސް ހާސިލްކުރައްވައިފައެވެ. އަދި 2021ވަނަ އަހަރު ކޮންސިއުމާ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައި ވާއިރު، އޭގެ ކުރިން ޝަމްއާ ހުންނެވީ އިގުތިސޯދީި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.އަދި މީގެ އިތުރުން ޝަމްއާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމު ވެސް ކުރިން އަދާކުރައްވާފައެވެ.މިނިސްޓްރީގެ ރަޖިސްޓްރާގެ މަގާމު ހުސްވީ، މިދިޔަ ދެ ސަރުކާރުގައި ވޭތުވެދިޔަ 11 އަހަރު އެ މަގާމު ފުުރުއްވި މަރިޔަމް ވިސާމް މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވިސާމް އެ މަގާމަށް އައްޔަންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެނުއަރީ 2014ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ