ތިން ކިލޯއަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071، ފަތުހު އާދަމް ހަސަންފުޅު (44އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލްތަބުރް ރަހުމާން (31އ) އެވެ.
ފުލުހުން މިއަދު ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ ހަވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ހިންގި ޑުރަގުގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ތިން ކިލޯއަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ