މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

ކެފޭ ހިންގާ ގޮތަށް، މަސްތުވާތަކެތި ވިއްކައި ބޭނުންކުރަން މީހުން ގޮސް އުޅޭ މާލޭގެ ގެއެއް ކަމަށްވާ މ. ލޭންޑް އޮފް ގާޑެންގެ ބައެއް ބަންދުކުރަން ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އަމުރުގެ ދަށުން އެ ތަން ބަންދުކުރީ މި މަހުގެ 13 އިން ފެށިގެން 11 އޮކްޓޯބަރު 11 ގެ ނިޔަލަށެވެ.މިއީ މާލޭއި މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަ ވަނަ ތަނެވެ.މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު 5 ތަނެއް ވަނީ 3 މަސް ދުވަހަށް ބަންދުކޮށްފަ އެވެ.އެ ތަންތަނަކީ:* ހ. ގުންޒަރު: މެއި 6 އިން އޮގަސްޓް 3 އަށް* މ. ތަރިވިލާގެ: މެއި 22 އިން އޮގަސްޓު 22 އަށް* މ. އަމީރާމަންޒިލް ގެ ބައެއް: ޖޫން 1 އިން ސެޕްޓެމްބަރު 1 އަށް* މއ. ސެވަން އެންޑް ހައުސް: ޖޫން 11 އިން ސެޕްޓެމްބަރު 9 އަށް* ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): ޖޫން 25 އިން ސެޕްޓެމްބަރު 24 އަށްކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެކަމުގެ ޔަގީންކަން ފުލުހުންގެ ހިދުމަތުން ދެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ