އިނގުރައިދޫ މެމްބަރު ހަސަންޓޭ ވެސް އެމްޑީޕީން ވަކިވެ ޕީއެންސީއަށް

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގެންފި އެވެ.ޕާޓީ ބަދަލުކުރެއްވިކަން ހަސަން އިއުލާނު ކުރެއްވީ، އޭނާ ޕީއެންސީއަށް ސޮއި ކުރެއްވި ފޯމު ރައީސް މުހައްމަދު މުއިއްޒުއަށް އަރުވާ ފޮޓޯއަކާ އެކު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. "މިއަދުން ފެށިގެން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިޔުމަށް ނިންމައިފީމެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ޕީއެންސީއާއިއެކު ހުންނާނެ ވާހަކަ ދެންނެވީމެވެ،" އެ ޕޯސްޓުގައި ހަސަން ވިދާޅުވި އެވެ.ހަސަންޓޭގެ އިތުރުން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއް މި ފަހުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.އެމްޑީޕީން ޕީއެންސީއާ ގުޅިވަޑައިގަތް 13 މެމްބަރުންނާ އެކު އެއީ މަޖިލީހުގައި މިހާރު މައިނޯރިޓީ ޕާޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ