ދާއިރާގެ ރައްޔިތުން ގޮވާލައިފިނަމަ މެންބަރުކަމުން އިސްތިއުފާ ދޭނަން

ދާއިރާގެ ރައްޔިތުން ގޮވާލައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވަނީ އެ ވައުދު ހާމަކުރައްވާފައެވެ. އެގޮތުން ފާރިސްގެ ވައުދުގައި ބުނެފައިވަނީ ފާއިތުވި 15 އަހަރު ކުރެވުނު ތަޖުރިބާއަކީ، އިންތިހާބުވި މަގާމުގެ ދައުރު ނިމިގެން ދިއުމާހަމައަށް ރައްޔިތުން އިންތިހާބުކުރި ވެރިންގެ ޒިންމާދާރުކަން ކަށަވަރު ނުކުރެވުން ކަމަށެވެ.
ފާރިސް ވިދާޅުވެފައިވަނީ، މަޖިލިސް މެންބަރެއްގެ ވާޖިބުތައް އަދާނުކުރާކަމަށް ބަޔާންކޮށް ދާއިރާގެ ވޯޓުލެވޭ ގިނަ ރައްޔިތުން ޕެޓިޝަނެއް ހުށަަޅައިފިނަމަ، އެ މެންބަރަކު މަގާމުން ވަކިކުރެވިގެންދާނެ ކަމަށް ޤާނޫނުއަސާސީއަށް އިސްލާހުގެނައުމަށް ހުށަހަޅާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހެއްގެ ގޮތުގައި ރިކޯލް އެކްޓު މަޖިލީހަށް ހުށަހަޅަން ވަކާލާތު ކުރުމަށް ފާރިސް ވައުދުވެފައިވެއެވެ.
"މިވަގުތު ރިކޯލް އެކްޓެއް ނެތްކަމުގައި ވީނަމަވެސް، މައްޗަށްގޮޅި އުތުރު ދާއިރާގެ ރައްޔިތުން ބާރުވެރިކޮށް އަދި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިދުމަތުގެ ފެންވަރަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ވައުދުވަމެެވެ." ފާރިސްގެ ވައުދުގައިވެއެވެ.
ރައްޔިތުން ގޮވާލައިފިނަމަ މަޖިލިސް ގޮނޑިން އިސްތިއުފާ ދިނުން 2/2#CleanUpMajlis #RaiseTheStandard pic.twitter.com/jy8PnkfwBu
— faris ???????? ???????? (@afarismaumoon) March 19, 2024
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީވެސް އަމިއްލަ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ