މޫސުން ގޯސް، މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ، އުތުރުގެ ބައެއް އަތޮޅާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 7:30 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ