ފުލުހުންނަށް ފިލަން އުޅެނިކޮށް އަނިޔާވި މީހާގެ ފަރުވާ ލަސްވުމަކީ އެޗްއާރްސީއެމްގެ ކަންބޮޑުވުމެއް

ވެއްޓުމުން އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވެއެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފުރަތަމަ ގެންދިޔައީ މާލެ ކަސްޓޯޑިއަލް ޖަލަށެވެ. އައިޖީއެމްއެޗަށް ގެންދިޔައީ އެތަނުގެ މެޑިކަލް އޮފިސަރު ބެލުމަށްފަހުއެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންނަން ދިއުމުން ފިލަން އުޅެނިކޮށް އޭނާ ކުޑަދޮރަކުން ވެއްޓި އަނިޔާވުމުން ފުލުހުން އޭނާއަށް ފަރުވާ ދިނުން ލަސްކޮށްފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި ހާދިސާގައި ފިލަން އުޅުމުގެ ތެރޭގައި އަނިޔާވީ އުމުރުން 38 އަހަރުގެ މުހައްމަދު އަޒްމީލް ޖަލީލް ކިޔާ މީހެކެވެ. އޭނާ އަށް ފަރުވާ ދިނުމަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކުރުމުން ފުލުހުން ވަނީ ކަންހިނގާ ދިޔަ ގޮތް ކިޔައިދީފަ އެވެ. ފުލުހުން ބުނެފައި ވަނީ އެދުވަހު އަޒްމީލް ދިރިއުޅޭ ގެއަށް ގޮސް އޭނާ ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން އެދުމަށްފަހު އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފިލަން އުޅެފައިވާ ކަމަށެވެ. ފިލަން އުޅުމުގެ ތެރޭގައި އޭނާ ތިރިއަށް ވެއްޓި އަނިޔާވީ އެވެ.ވެއްޓުމުން އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވެ އެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފުރަތަމަ ގެންދިޔައީ މާލެ ކަސްޓޯޑިއަލް ޖަލަށެވެ. އައިޖީއެމްއެޗަށް ގެންދިޔައީ އެތަނުގެ މެޑިކަލް އޮފިސަރު ބެލުމަށްފަހު އެވެ. ހޮސްޕިޓަލުން އޭނާގެ ހާލު ސީރިއަސްވުމުން ލީ ވެންޓިލޭޓަރަށެވެ.އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރްސީއެމުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެޗްއާރްސީއެމް އިން މި މައްސަލައާ ގުޅޭ ގޮތުން ބުނެފައި ވަނީ، މިހާދިސާ ހިނގުމުން އަޒްމީލު ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެދިފައި ވަނިކޮށް މާލެ ކަސްޓޯޑިއަލް އަށް ގެންދިނުމުގެ ސަބަބުން އޭނާގެ ފަރުވާ ލަސްވެފައިވާ ކަމަށެވެ. އެދުވަހުގެ 2:45 ގައި ކަސްޓޯޑިއަލްއަށް ގެންދިއުމަށްފަހު ހޮސްޕިޓަލަށް ގެންދެވުނީ 15 ވަރަކަށް މިނެޓު ފަހުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
"މުހައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް. ހައްޔަރު ކުރުމުގެ ތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބި ސިއްހީ ފަރުވާ ބޭނުންވާ ހާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހީދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ލާފާދީފައިވާނެ،" އެޗްއާރްސީއެމް އިން ބުންޏެވެ.މި މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް އާއިލާ އާއި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން އެދިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ. އަދި ހާދިސާ ހިނގިތަނުގެ ސީސީޓީވީ ފުޓޭޖުތަކާއި ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖާއި އަދި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އެ ވީޑިއޯތައް ހޯދަން ވެސް އެދިފައިވާނެ ކަމަށް ބުންޏެވެ.މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމައި، ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކާ ހިއްސާ ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.ފުލުހުން އަޒްމީލް ހައްޔަރު ކުރަން ދިޔައީ އޭގެ އަނެއް ދުވަހު އޭނާ ޑްރަގް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ކުރުމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ