ބޭރުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް އަންނަނީ ލިބެމުން: ރައީސް

ބޭރުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް އަންނަނީ
ލިބެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވަމުންދާ ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ދަރަނިތައް
އަދާކުރުމުގައި ލުއިތަކެއް އަންނަނީ ލިބެމުން ކަމަށާއި ޗައިނާ އާއި އިންޑިއާ އިން އެކަމުގައި
އަންނަނީ ވަރަށް ބޮޑަށް އެހީތެރިވަމުން ކަމަށެވެ.
"އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ އަޅުގަނޑުމެން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއައުޓް ކޮށްދެއްވާފައި. ޗައިނާ ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއިން ދައްކަން ޖެހޭ ލޯނާއި އިންޓަރެސްޓް ދައްކަން ނުޖެހޭނެ ގޮތް ހަދައި ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި. އެކަމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ޔޫއޭއީއަށް ދައްކަން އޮތް ލޯން ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލަސްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި." 
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިވަންކަން ގައުމަކަށް ލިބެނީ
ތިން ކަމެއް ލިބިގެން ކަމަށާއި އެއީ އިޤުތިޞާދީ ސިޔާދަތު ޔަގީންވެގެންނާއި އަމިއްލަ
ވަންތަކަމުގެ ސިޔާދަތު ޔަގީން ވެގެންނާއި އަދި ދިފާއީ ސިޔާސަތު އެގައުމަކަށް ޔަގީންވެގެން
ކަމަށެވެ. މިތިން ސިޔާދަތު ޔަގީން ނުވަނީސް އެގައުމެއްގައި ހަގީގީ މާނައިގައި މިނިވަންކަމެއް
ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާއި
ހަވާލުވިއިރު ގައުމުގެ އިޤުތިޞާދީ ސިޔާދަތު ޔަގީން ކުރެވޭނެފަދަ ހާލަތެއް ނެތް ކަމަށެވެ.
ނަމަވެސް ސަވަރިން ފަންޑްގައި ހުރި ދެމިލިއަން ރުފިޔާ މިހާރު 65 މިލިއަން ޑޮލަރަށް
އިތުރު ކުރެވިއްޖެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ