ރާއްޖެއަށް މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފި ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އަށް ސޮއެ ކުރައްވަނީ މޫސުން: ވިއްސާރަވެފަ ކަނޑުތައް ގަދަވާނެ، ސަމާލުވޭ! އައްޑޫ އަދި ފުވައްމުލަކުގައި އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލް، ހިތަދޫގައ

ކައްދޫ އެއަރޕޯޓްސް ކޮމްޕެނީއާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެ ދެ ބޯޑަށް ދެ މެންބަރުން އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
ޕީސީބީ އިން ބުނީ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ.މަރަދޫ ފޭދޫ، ލަކްސަމީވިލާ ކާނަލް އަހުމަދު ޝަރީފް ކަމަށެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށްއައްޔަންކުރީ ސ. ފޭދޫ، ނޫކޮކާ ޝާތިފް އަލީ ކަމަށެވެ.
ކާނަލް ޝަރީފަކީ އެމެރިކާގެ މެރިން ކޯ ޔުނިވަރސިޓީން މާސްްޓާސް އޮފް މިލިޓަރީ ސައިންސަސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ އެމްއެންޑީއެފްގެ އެކި މަގާމުތައް މީގެކުރިން އަދާކުރައްވާފައިވާއިރު، މިހާރު ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓް (ޑީއެސްއޭ) ގެ ޕްރިންސިޕަލް ޑިރެކްޓަރުގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ