ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ޓެކްސީ ޑުރައިވަރު ޤާސިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާ، ގާސިމް މަރާލިކަމަށް އެއްބަސްވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައެވެ. ހަމީދުގެ ޓުވީޓުގައި ވިދާޅުވީ ހައްޔަރުގައި ހުރީ ގާސިމް މަރާލި މީހާކަމަށާއި، އޭނާ އެކަމަށް އެއްބަސްވެސް ވެއްޖެކަމަށެވެ.
https://twitter.com/m_hameedh/status/1208035695257735168
ކޮމިޝަނަރ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ހައްޔަރު ކުރި މީހާ އެއްބަސްވެ، ތަހްގީގަށް އެއްބާރުލުން ދެމުންދާކަމަށެވެ. އަދި އޭނާގެ މައްޗަށް ހެކި ލިބެމުން އަންނަކަމަށެވެ.
ގާސިމް މަރާލިއިރު ލައިގެން ހުރި ފޭރާން ފޮރުވާފައިވަނީ ކްރައިމް ސީން ސަރަހައްދުގައިކަމަށެވެ.
ކުރިއަށް އޮތް ހަފްތާގައި އިތުރު މައުލޫމާތު ދިނުމަށް ނިއުސް ބްރީފިންގއެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާސިމްގެ މަރުގެ ތަހުޤީޤަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މުހިންމު ޑީއެންއޭތަކާއި، ފިންގާޕްރިންޓުތަކެއް ސީންއިން ފެނިފައިވާ ކަމަށާއި ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރު، އޭނާ ވެއްޓިފައި އޮއްވާ ފެނުނު ތަނާ 300 މީޓަރު ދުުރުން ވިނަގަނޑެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދީފައިވާއިރު އަތަށްވެސް ވަނީ ޒަހަމްވެފައެވެ. ގާސިމް މަރާލާފައި އޮއްވާ ފެނުނީ، އޭނާގެ ކާރާ މާ ދުރު ނޫން ހިސާބެއްގައި މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ.
ގާސިމް މަރާލި މީހާ ހޯދިއްޖެ! އިއުތިރާފުވެސް ވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ