ކޮންމެ ކަމަކަށް ދުޢާކުރިނަމަވެސް ﷲ ތަޢާލާގެ އެންމެ މަތިވެރ ނަންފުޅުތަކުން ދަންނަވައިގެން ދުޢާކުރާށެވެ. މިޘާލަކަށް ރިޒުޤަށް އެދިގެން ދުޢާކުރާއިރު ޔާ ރައްޒާޤް ދަންނަވާށެވެ! އެހެނީ ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. ރިޒުޤް ދެއްވެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
ހަމައެފަދައިން ބައްޔަށް ޝިފާ ދެއްވެވުން އެދިގެން ދުޢާކުރާއިރުވެސް "ޔާ ޝާފީ" ދަންނަވާށެވެ. އެހެނީ ޝިފާ ދެއްވަވާ ފަރާތަކީ ﷲ ތަޢާލާއެވެ. ޝިފާ ދެއްވެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
މިއީ މިނޫން ގޮތަކަށް ދުޢާ ނުކުރަން ބުނުމެއް ނޫނެވެ. ދުޢާކުރަން އެންމެ ފައިދާހުރި ގޮތަކީ މިއީކަމަށްވާތީ މިކަން ފާހަގަކޮށް ބުނެދިނީއެވެ. އެމީހަކު ބޭނުން ގޮތަކަށް ދުޢާކުރެވިދާނެއެވެ. މިބުނެދިނީ އެންމެ ފައިދާހުރި ގޮތެވެ.
ޑޮކްޓަރުންނަށް ދެވޭނީ ބޭހެވެ. ދުނިޔޭގައި އުފައްދާފައިވާ އެންމެ މޮޅު ބޭސް ބޭނުންކުރިޔަސް ޗިފާ ލިބޭނީ ﷲ ތަޢާލާ ދެއްވެވިނަމައެވެ. ބޭހަކަށް އަދި އެހެންވެސް ފަރުވާއަކަށް އެއްވެސް މީހަކަށް ޝިފާދިނުމުގެ ބާރު ލިބިގެނެއް ނުވެއެވެ. ލިބިގެންވާނަމަ ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން ދިނީމާ އެންމެ ފެންވަރު ރަނގަޅު ބޭސްކެއުމުންވެސް ޝިފާ ނުލިބެނީ ކީއްވެގެން ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން
ބައްޔަށް ޝިފާ ދެއްވެވުން އެދިގެން ދުޢާކުރަން އެންމެ ފައިދާހުރި ގޮތް-: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ