ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން  ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 18 ޖެނުއަރީ 2026 ގަ އެވެ.
ތަފްސީލު - މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އޭޕްރީލްގެ ނިޔަލަށް ވަނީ އިތުރުކޮށްފި އެވެ.
މި ފުރުސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ އެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ 'ބޯހިޔާވަހިކަން' ޕޯޓަލް މެދުވެރިކޮށެވެ.
އެނގުން މުހިންމު - މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ:
މާލޭ ރަށްވެހިންނަށް 10،000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި
މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯތި
މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލުކުރާ މީހުންނަށް 1،500 ގޯތި
ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޖުމްލަ 7،900 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މާލޭ ރަށްވެހިން - 4،000 ފްލެޓު
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުން - 1،500 ފްލެޓު
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން - 100 ފްލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފްލެޓު
އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް - 250 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން - 50 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން - 200 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން - 100 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން - 100 ފްލެޓު
މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުުކުރުމުން މަހުރޫމުވެފައިވާ މީހުން - 50 ފްލެޓު
ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން - 500 ފްލެޓު
ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފްލެޓު
ފުލުހުން - 100 ފްލެޓު
ސިފައިން - 100 ފްލެޓު 
ސިވިލް ސާވިސް - 200 ފްލެޓު
ކަރެކްޝަނަލް ސާވިސް - 100 ފްލެޓު
އެކި އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ 400 ފްލެޓު؛ މީގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މީރާ، އެލްޖީއޭ، ޖޭއެސްސީ، ފޮރިން ސާވިސް، އޭޖީ އޮފީސް، އީސީ، ސީއެސްސީ، އެޗްއާރުސީއެމް، އޭސީސީ، ޕީޖީ އޮފީސް، އޮޑިޓް އޮފީސް، އެމްއެމްއޭ، ޕެންޝަން އޮފީސް، އެންއައިސީ، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން، އެފްޕީއޭ، އާބިޓްރޭޝަން ސެންޓަރު، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް، ސީއެމްޑީއޭ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ