ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފިއެވެ.
ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ރެކޯޑު އަދަދެއްކަމަށްވާ ޖުމްލަ 322،915،200 ރުފިޔާ ބެހުމަށް ފާސްކޮށްފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި 2 ހިއްސާ ދޫކުރުމަށްވެސް ނިންމާފައިވާކަމަށެވެ.
ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދުކަމަށާއި، މިއީ ބޭންކުގެ މާލީ ނަތީޖާ ވަރުގަދަކަމާ ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ޝަރީފް އިތުރަށް ވަނީ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި އަބަދުވެސް ބީއެމްއެލް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވާއިރު، ބޭންކުގެ މި ނަތީޖާއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މަސައްކަތްކުރުމާއި ވަރުގަދަ ވިޔަފާރި މޮޑެލްއެއްގެ އިތުރުން ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމަށް ދޭ ސަމާލުކަމުގެ ނަތީޖާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ