ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސަބުނަމްހައުސް / ލ.މާބައިދޫ، ހުސައިން ޝަހްބާން (29އ)އެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
އިއްޔެ އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގެ މުއްދަތު 30 ދުވަހަށް ދީފައެވެ. ކޯޓުން ނެރުނު އަމުރުގައި ވަނީ ޝަހްބާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލާފައި ބަހައްޓައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.ފު
ފުލުހުން ބުނީ، އޭނާއަކީ މީގެ ކުރިން ވެސް ކުށްކޮށް، ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
މޯޗަރީ ކައިރީގައި ހުރި ގުދަނުގައި ރޯވުން: ޝަހްބާންގެ ބަންދަށް އިތުރު 30 ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ