ދަނޑުވެރިކަމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލުއި ދެނީ

ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފައްދަން އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ބައެއް ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި އަސާސީ ކާބޯތަކެތި ލިބުމުގައި މިވަގުތަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހާލަތާއި ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން، ކަށަވަރުކުރުމަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ އަމިއްލަ ފަރާތްތަކަށް އިތުރު ލުއިތަކެއް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މި ލުއިތައް ދޭނީ، ރާއްޖޭގައި އުފެއްދޭ އުފެއްދުންތައް އުފައްދާ ފަރާތްތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
" މިހާރު ދިމާވެފައިވާ ހާލަތުގައި އިންސެންޓިވްތައް ދިނުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތި އުފެއްދުމަށް ޕްރައިވެޓް ސެކްޓަރ ފަރާތްތަކަށް ޚާއްސަ އިންސެންޓިވްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ވިސްނުން މިއޮތީ. އޭގެތެރޭގައި ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ފަރާތްތައް އެދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑް ކޮށްދިނުން. ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ތަކުގެ ޚާއްސަ ލުއިތަކެއް ދިނުމަށް އަޅުގަނޑުމެން ގަސްތުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ