މި އަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާ އެކު މާލެ އަދި ހުޅުމާލޭގައި އުރީދޫން ސެޝަންތަކެއް ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ.
ތަފްސީލް - މި ސެޝަންތަކުގައި ކިޔައިދެނީ:
ސްމާޓްފޯން ބޭނުންކުރުން
ޑިޖިޓަލް ހިދުމަތްތައް
އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ޓޫލްތައް
މި ކަމުގެ ސަބަބުން އުރީދޫން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު މުޖުތަމައުގެ އެއްވެސް ބަޔަކު އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީވިޔަނުދިނުމަށް ކުރާ މަސައްކަތް ދޭހަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދޭކަން ވެސް އުރީދޫން ފާހަގަކުރި އެވެ.
ފާހަގަކޮށްލެވޭ - އުރީދޫން އަންނަނީ 2018 އިން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން، އުރީދޫން ބުނި ގޮތުގައި: މި މަސައްކަތަކީ:
ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއް
މިފަދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫން އަންނަނީ މުޖުތަމައު ބާރުވެރިކުރުވައި ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން
އުރީދޫން ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް އިސްރަށްވެހިންނާ އެކު ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ