ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.މިނިސްޓްރީން ބުނީ، ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ މާޗް މަހުގެ 4 ވަނަ ދުވަހުގެ 23:59 ގެ ކުރިން ކަމަށާއި ފްލެޓަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ އޭޕްރިލް 17 ގެ 23:59 ގެ ކުރިން ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ޕޯޓަލް މެދުވެރިކޮށެވެ.މި ސަރުކާރުން މާލޭ ސަރަހައްދުގައި ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ހުޅުވާލިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމެވެ. ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް މި ސްކީމުން ފްލެޓު ބޭނުންނަމަ އަލުން ޖެހޭނީ ކުރިމަތިލާށެެވެ. ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ