އެފްއެންޑްބީ ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް

ފުޑް އެންޑް ބެވަރޭޖް ޝޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ބިޒްނަސް އިން ހައިރައިޒްއާ އެކު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަ ވަނަ އެޑިޝަން މާދަމާ އިން ފެށިގެން މި ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ އެވެ. މި ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި ސަޕްލަޔަރުންނާއި ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.
ތަފްސީލް - ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫން:
ޑިޖިޓަލް ސޮލިއުޝަންތަކާ އެކު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ.
މި އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްއަށް ހާއްސަ ބޫތެއް ހުންނާނެ
ފާހަގަކޮށްލެވޭ - އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ދޭ ހިދުމަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ