ފިނި ހިތް 9

"ގުރުއާން ކިޔެވުން ގިނަކުރުން، ކޮންމެ ދުވަހަކު ތަރާވީހު އަދި ތަހައްޖުދު ކުރުން، އެންމެ ފަރުޟު ނަމާދެއްވެސް ވައްޓާނުލާ ގާއިމުކުރުން، ވަގުތު ބޭކާރުނުކުރުން، ނުބައި އާދަތައް ދޫކޮށްލުން، ސިއްހީގޮތުން ރަގަޅު އާދަތައް ގެންގުޅުން، މީހުންނަށް މާފުކުރުން، ރުޅި މަތަކުރުން، ކޮންމެ ދުވަހަކު ސަދަގާތް ދިނުން އަދި ދުޢާ ގިނަކުރުމަކީ ރަމަޟާންމަހުގެ ހެޔޮ އަމަލުގެ ތެރެއިން ވާ ކަންތައްތަކެވެ." *** "އޯ...ތީވެސް އާ ފަރުވައެއްނު، ޗީޕް އެންޑް ހަމައެކަނި މީހަކަށް ބަލައިލީމަ...ގޯހެއްނޫން.............."މިނާހް ހިނިތުންވެލިއެވެ. ހަޔާގެ ދޮންތައަކީ ލާނެތްގޮތެއް ހުރި އަންހެންކުއްޖެއްތާއެވެ. "ބައިދަވޭ ޝީއިޒް ސިންގަލް.."ސަބާ ބުނެދިނެވެ. "އޯ....ތިކަމެއް ނުދެެހުރިން..." ހަޔާއާއި އިންނަން އުޅުނުކުއްޖާ ފުރަތަމަ ރޭ ޕާޓީތެރެއިން ފިލައިފި..." މިނާހް ޔަގީންކުރި ސަބާގެ ނުބައި ސަމާސާއެއްކަމަށެވެ. "ތިވާނީ ކޮންމެވެސް އެހެން މީހެއްގެ ނަސީބުކަމަށް..." "މްމްމމްމް.....ދޯ..."ސަބާ ހަޔާއާއި ދިމާލަށް ބަލައިލަމުން އެއް ލޯ މަރައިލިއެވެ. ހަޔާ ލަދުން މަރުވާވަރުވިއެވެ. އޭނައާއި ސަބާ ދިމާކުރަނީކަން އެނގުނެވެ. ޑޮކްޓަރަކާއި ގުޅޭނީ ޑޮކްޓަރަކާއިކަމަށް ކިޔާ ދިމާކުރަނިކޮށް ސިހުރު ޖެހިދާނެ ނޫންހެއްޔެވެ؟ އޭނަ އަދި މީހަކާއި ގުޅެން ހުވަފެނެއްގައިވެސް ނުދެކެއެވެ. ގަތް ލަދާއި ވީ ދެރަ ހަނދާން ނައްތައިލަން ގަރުނެއް ނަގާނެއެވެ. އަންހެންކުއްޖަކަށް އެވަރުގެ ބޮޑުދެރައެއް ލިބޭނެކަމަށް އޭނަ ނުދެކެއެވެ. "ޕާޓީއަށްފަހު ފިލީއޭ ތިބުނީ ކީއްވެ؟މެރީކޮށްފައި އޭނަ ނައްޓައިލީ؟""މިނާހުއަށް ބުނެވުނެވެ. "ނޫނީ ކައިވެނީގެ ރަސްމިއްޔާތަށް އެންމެން އައިއިރުވެސް އެ ފިރިހެން ބޭފުޅާ ވަޑައިނުގެންނެވި...ހަޔާ ލަދުންނާއި ދެރަވީވަރުން މީހުންނަށް ފެންނާކަށްވެސް ނުކެރި ރަށުން ފުރީ.." މިނާހު މާސްކު އަޅައިގެން ހުއްޓަސް އެ ލޮލަށް ސަބާގެ ހިތް ތައުރީފުކުރިއެވެ. ހަޔާއާއި ގުޅެއެވެ. "ސޯ....އައިމް ހަރ ސިސް....ސަބާ.."ސަބާ އަމިއްލައަށް ތައާރަފުވިއެވެ. "ނައިސް ޓު މީޓް ޔޫ......"މިނާހް ބުނެލިއެވެ. މި ދެބެއިންގެ ސިފައާއި މިޒާޖުވެސް އުޑާއި ބިމާހާ ތަފާތެވެ. އޭނައާއި އަޔާޝް ފަދައިން ކަމަށްވެދާނެއެވެ. "ހާލު ބަލައިލަން ވަދެލީ..އިފް އެނީތިން ކޯލް މީ.." "ކޮންޓެކްޓް ނަމްބަރ؟"ސަބާ ޖެހިލުމެއްނެތި އަހައިލިއެވެ. "އެހެން ކޯލް ކުރާ ވާހަކައެއް ނޫނޭ.......މިހިރީ ބެލް..."ހަޔާގެ މޫނަށް ހުރިހާ ލޭތައް ޖަމާވިއެވެ. ދޮންތަގެ ވާހަކަ ހުރިގޮތުން ހުރިހާ ލަދެއް ގަންނަން ޖެހުނީ އޭނައެވެ. މިނާހް ޖެހިލުންވެފައި ހުރެވެސް އޭނަގެ ނަމްބަރު ކިޔަން ފެށިއެވެ. ސަބާ ހަޔާގެ ފޯނު އަތުލާފައި ނަމްބަރު ރައްކާކުރިއެވެ. "އަހަރެން މެދުވެރިއެއްގެ ރޯލު ކުޅެން މިޖެހުނީ...ހަޔާގެ މާނައަކީވެސް ލަދު." ހަޔާ ބޭނުންވީ ރަޖާގެ ދަށަށް ވަދެ ފިލުމަށެވެ. މިނާހްއާއި އޭނަ ގުޅުވަން ދޮންތަ މަސައްކަތްކުރަނީ ފާޅުގައެވެ. ސިއްރުކުރުމެއް ނެތިއެވެ. މިނާހްގެ ލޯބިވެރިޔަކު ހުންނާނެކަމީ ސައްތައިން ސައްތަ ޔަގީންކަމެކެވެ. އެހާ ސްމާޓް ޑޮކްޓަރަކު "ސިންގަލް"އެއް ނުވާނެއެވެ. މީހަކާއި އިނދެގެން ދަރިއަކު ނެތްކަމެއްވެސް ނޭގެއެވެ. "އައި ފީލް ޑްރައުޒީ..ބޭހުގެ އަސަރުކަމަށް ވެދާނެ..." "ނިދީގައިވެސް ޑްރީމްބަލާހިތުން ކަމަށް ވާނީ...ނޫންތަ؟" ސަބާ ހަޔާގެ ބޮލުގައި ކޮށްޓައިލިއެވެ."ހަޔާވެސް މި ހޮސްޕިޓަލުގައި އިންޓާން ހަދަން އެޕްލައިކޮށްފައި އޮތީ...ޔޫ އަށް އެނގޭތަ؟ ޑޮކްޓަރ ހަޔާ.." ސަބާގެ ބަހުރުވަ ހުންނަގޮތުން މާމަވެސް މައްސަލަޖައްސައެވެ. ސަބާ ޖަވާބުގައި ބުނާނީ "ކަލޭ"ގެ ބަދަލުގައި ޒަމާނީ ބަހުރުވައަކީ "ޔޫ "ކަމަށެވެ. އިނގިރޭސިބަހުން އެއީ ވަރަށް ރީތި ލަފުޒެއްކަމަށެވެ.ހަގީގަތަކީ އެއީއެއް ނޫނެވެ. ސަބާއަށް އެކުވެރިންގެ ފަރާތުން ދަސްވެފައިވަނީ ތަންކޮޅެއް ތަފާތު ބަހުރުވައެކެވެ. ހަޔާއަށް ޔަގީނުންވެސް އުދަގޫވެއެވެ. އޭނަ އެހެން މީހުންނަށް ގަދަރުކުރަން ދަންނަނީކަމަށް ވެދާނެއެވެ. ތިމާއަށްވުރެ ބޮޑެތި މީހުންނާއި ވާހަކަދައްކަންވާނީ ރީތިކޮށެވެ. "ޔޫ" ކިޔަސް ކިޔަންވާނީ ގާތް އެކުވެރިންނަށެވެ. މިހާރު ދެން އިހުތިރާމްއަކީ ނެތް އެއްޗެއްކަމަށް މާމަވެސް ބުނާނެއެވެ. ދަރިންގެ ތަރުބިއްޔަތާއި ސޯޝަލް މީޑިއާ އެކުވެ ލާމެހުނުފަހުން ރީތި އަޚުލާގާއި ސުލޫކުވެސް ވަޅުލެވިއްޖެއެވެ. "ރިއަލީ؟ ތިއީ ޑޮކްޓަރެއް؟" މިނާހްއަށް ލިބުނީ ސަޕްރައިޒްއެކެވެ. "އަލްހަމްދުލިﷲ...." "ވަރަށް އަޅުވެރި...ގެވެހި.މޮޑެސްޓް....ލަދުވެތި.....އެކަމަކު ފިރިހެންކުދިންނަށް އެލާޖިކް.....ޔޫ އަށް އެކަނި އަދި މަގޭ ސިސްޓަރ ރުހުމުގެ ލޮލަކުން މި ބަލައިލީ....ޔޫ ޕްރައުޑްވާންޖެހޭ ވަރު ހަމަ." "އެލާޖީ ހިސްޓްރީގައި ތި ވާހަކަ ނެތީމަ ނޭގުނީ..ދެން ފަހަރަކު ހަނދާންކޮށްދޭންވާނެ.."މިނާހްވެސް އެ ސަމާސާގައި ބައިވެރިވިއެވެ. "އެވަގުތު ފޯނެއް އައުމުން މިނާހް "އެކްސްކިއުޒްމީ" އޭ ބުނުމަށްފަހު އަވަހަށް ނިކުންނާން ހިނގައިގަތެވެ. "ހަޔާގެ ސޯލްމޭޓްއާއި ދިމާ ވީމަ އުފާވެއްޖެ...." "ދޮންތާ...އޭނައަކީ ސޯލް މޭޓެއްނޫން.......ތިކަހަލަ އެއްވެސް ގުޅުމެއްނެތް..އެއީ ހަމައެކަނި އަހަރެން ސާޖަރީ ޓީމްގެ ޑޮކްޓަރެއް..ދޮންތަ ތިހެން ކިޔާ ދިމާކުރީމަ ހަމަ ލަދުން ދެން އޭނަ ފެންނަ ހިސާބަށް ދާންވެސް އުދަގޫވާނެ..މިބުނީ...އަހަރެމެން ދެމީހުންގެ އޮތް ޕްރޮފެޝަނަލް ގުޅުންވެސް ކެނޑޭނެ. އޭނަވެސް ހުރީ ރަކިވެފައި......މީހެއްގެ ފިރިއެއް ނޫންކަމެއްވެސް ނޭގޭ...." "ހަޔާ....ބޭބީ...ގަބޫލުކޮށްބަލަ...އެންމެ ފިރިހެނަކު އަދި ހަޔާއަށް ލަނޑުދިނަސް އެންމެން އެއްގޮތެއްނުވާނެ. މާސްކު އަޅައިގެން ފިލައިގެން ހުއްޓަސް ރީތި ފިރިހެނުންވަކިކުރަން އެނގޭ...ކިހާ އިސްކޮޅުން ދިގު. ސްމާޓް..އެހެރަ ލޮލެއް..ހަމަ ޔަގީނުންވެސް އަންހެންކުދިން ގަޔާވާ ހުރިހާ ސިފައެއް އެއްކޮށްލައިގެން ހުރި ޑޮކްޓަރެއް.ހަޔާ ގަދަކަމުންވެސް މިލްކުކުރަން ޖެހޭ ވަރުގެ އަގުހުރި މުދާގަނޑެއް..." ހަޔާ އަށް ކުޑަކޮށް ބޯ ހޫރައިލެވުނެވެ. "ޕްލީޒް ޕްލީޒް ދޮންތާ...ތިކަން ހަނދާން ނައްތާލާ..." "އަހަރެން މިކަން ނިންމާފައި ހަނދާން ނައްތާލަފާނަން...ޕާޓީއެއް ނުބާއްވައިގެން ހަމަ ހިތް ބޭގަރާރުވެއްޖެ...އެކަމަކު ކާކުގެ މުހިއްމު ފޯނެއް އައިސްގެން އަވަހަށް އެ ނައްޓާލީ...ހުރޭ ބަލާފައި އަންނާނަން.." "ނޯ........."ހަޔާ ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނައަކީ އެހާ އަޑުހަރުކުއްޖެއް ނޫނެވެ.ހަށިގަނޑުގައި އެހާ ވަރެއްވެސް ނެތެވެ. ކަރުގައި ރިއްސާވަރުން އަޑުވެސް ބެދިފައެވެ. އޭނަ ހުއްޓުވަން އަތް ހިއްލައިލިނަމަވެސް ސަަބާ އެއަށްވުރެ ހަލުތްވެވެ. *** މިނާހު ސީއީއޯގެ ކެބިންއަށް ވަންއިރު އޭނަގެ ބޭބެ އަޔާޝް ބިއްލޫރި ދޮރުކައިރީގައި ވާރޭވެހޭ މަންޒަަރަށް ބަލަހައްޓައިގެން ހުއްޓެވެ. ދުރުން އެމްބިއުލެންސްގެ ސައިރެންގެ އަޑުއިވުނެވެ. މިއުޓްކޮށްފައިވާ ޓީވީގެ ސްކްރީނަށް އަރަމުން ދިޔައީ ކިއުއެކްސްގެ ތަފާސް ހިސާބުތަކެވެ. ޕޮޒިޓިވް ވާ މީހުންގެ އަދަދާއި މަރުވަމުންދާ މީހުން އަދި އެދުމަތިކުރެވިފައިވާ މީހުންވެސް އެނގޭގޮތަށެވެ. މިނާހުގެ ސިކުނޑި މި މައުލޫމާތު ގަބޫލުކުރަން ދެކޮޅުހެދިއެވެ. "މީހުންގެ ތެރޭ ބިރުވެރިކަން އުފެދުނީމަވެސް ދުނިޔޭގެ މާކެޓް ހާދަ ގުޑުވާލައޭ...." އަޔާޝް ހުރީ ހަމަޖެހިލާފައެވެ. "ބަލިމީހުންގެ ސަބަބުން މާކެޓަށް ބަދަލު އަންނަ ވާހަކަ ދޯ.."އޭނަ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. "މާބޮޑަށް ޑެރެމެޓިކް ނުވާތި ދެން..އަހަންނަށް މިނާހު ވަރަށް ރަަގަޅަށް އެނގޭ..ކޮން މުހިއްމު ވާހަކައެއް ދައްކަން ތިއައީ؟" "ދެންމެހެން މިއައީ އައިސީޔޫއިން...އެ ބަލިމީހާ ނިޔާވީ އެނިއުރިޒަމްއެއް ފަޅައިގެން ގޮސް....އެކަމަކު އެޑްމިން އޮތީ ކިއުއެކްސް ޖެހުނުކަމަށް ލިޔެފައި....މިއީ ކޮންކަހަލަ ކަމެއްތަ؟" އަޔާޝް އެނބުރުނެވެ. "ދުނިޔެ ޕެންޑެމިކްއަކާއި ހަގުރާމަ މިކުރަނީ..އެއްވެސް މީހަކު ސުވާލެއްނުކުރާނެ..." "އެކަމަކު ބަލިމީހުން އަހަރެމެންނަށް ޓްރަސްޓްކުރޭ..އެމީހުންނަށް ހަގީގަތް އެނގެން ޖެހޭނެ......." މިނާހް ހިތްހަމަނުޖެހޭގޮތްވިއެވެ. އަޔާޝް ޑެސްކްކައިރިއަށް ގޮސް ބޮޑު ގޮނޑީގައި ހަމަޖެހިލަމުން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ."އެނގޭތަ؟ ކިއުއެކްސްއިން މަރުވާ ކޮންމެ މީހަކަށް މި ހޮސްޕިޓަލަށް ފަންޑުލިބޭ..ސަރުކާރު އެހީ އަދި އިންޝުއަރެންސް އެޖްސްޓްމެންޓާއިއެކު މިތަން ރަގަޅަށް ހިނގުން...އެކަމުން މިނާހްއަށް އުދަގޫވަންޏާ ލޯ މަރައިގެން ހިނގާ...." "ރަގަޅަށް ހިންގުން؟ މަރުގެ ސެޓްފިކެޓްތަކުގައި އޮޅުވާލާފައި މަރުވީ އެހެން ބައްޔެއްގައި ކަމުގައި ބުނުމަކީ އެބަލިމީހާގެ އާއިލާއަށްވެސް ދެވޭ ނަފްސާނީ އިތުރު ގެއްލުމެއް.." "އަހަރެން މި ތަން ސަލާމަތް ކުރަން މި މަސައްކަތްކުރަނީ...ސްޓާފުންގެ ސެލެރީ، ސަޕްލައި ޗެއިން، އިންވެސްޓަރސް..މިއީ ފަސޭހަކަމެއްނޫނޭ..މި ޒަމާނުގައި ފައިސާނެތި އެއްވެސް ކަމެއްނުކުރެވޭނެ...ބާރުވެރިކަމާއި އިއްޒަތް ގުޅިފައިވަނީ ފައިސާއާއި.........." މިނާހްއަށް ލޯ މަރައިލެވުނެވެ. އޭނަގެ ދޮންބެވެސް ހަމަ އެހާ އަމިއްލަ އެދުން ބޮޑުހެއްޔެވެ؟ ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ