މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއެކު ވެސް ރާއްޖެ ބަނޑަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ އެކި ކަހަލަ ކާރިސާތަކުގެ ސަބަބުން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އެ ހާލަތު އަންނާނެ ކަމަށާއި ނަމަވެސް އެހެން ގައުމުތަކަށް ވުރެ ބާރަށް އަވަހަށް އެކަންކަމުން ރާއްޖެ އަރައިގަތުމަކީ ރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު ނަސީބު ކަމަށެވެ.
އަދި މި ސަރުކާރުން ދުނިޔޭގެ އެކި ގައުމުތަކާއެކު ގާއިމުކުރަމުންދާ ގުޅުމާއި، ކުރިއަރާލައި ވިސްނައިގެން ކުރި ކަންތައްތަކެއްގެ ނަތީޖާއަކީ ރާއްޖެ ނުދަރައި މި ހާލަތުގައި ވެސް ރާއްޖެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތުން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ރައްޔިތުން ބަނޑަށް ނުޖެހި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދިނުން. ސަރުކާރު ޔަގީންކޮށްދިނުން. މިއީ ގައުމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ،" ސައީދު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނަގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ.
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާ ސަރުކާރުގައި އެދިފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.
"ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެކި ޤައުމުތަކާއެކު އެބަކުރެވޭ. މިއީ ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް ކުރެވޭ މަސައްކަތް" ހަލީލް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އާއި %30 އުފުލިފައިވާއިރު، ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ ބާޒާރަށް އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖެ ބަނޑަކަށް ނުޖެހޭނެ، ދާނީ ކުރިއަށް: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ