790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި

ރާއްޖޭގެ ފުރަތަމަ ޓައުންޝިޕް މަޝްރޫޢު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް'ގެ ބިންގާ އަޅައިފިއެވެ.
މި ކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 
ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ މި ބިޔަ މަޝްރޫޢު ކުރިއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ. 
މިއީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާފައިވާއިރު މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ. 
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން  ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓަރ ވިދާޅުވިގޮތުން މި ޕްރޮޖެކްޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. އަދި އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށްވެސް ގިނަ ފައިދާތަކެއް ކުރާނެއެވެ. 
މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ޤާއިމުކުރާއިރު، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް ތަރައްޤީކުރާނެއެވެ.
މި ޓައުންޝިޕަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ