ރިޔާސީ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށައިފި އާ އަހަރުގެ ފުރަތަމަ ދުވަހު ބޭނި މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދީފި މިފްކޯގެ ސީއީއޯ ކުރީގެ ވައިސް ޗީފް ފަރުހަތު އައްޔަން ކޮށްފި މިފްކޯގެ ސީއީއޯގެ މަޤާމުން ޑރ.ވިޓާލީ ވަކިކުރައްވައިފި މަގު

ކުރިއަށް އޮތް ރޯދަ މަހު އެއްވެސް ބުރޫއެއް ނާރައި މަހުގެ އުފެއްދުންތައް އާންމުންނަށް ލިބޭނެ ކަމުގެ ކަށަވަރުކަން މިފްކޯއިން މިއަދު ދީފިއެވެ.
އެ ކުންފުނިން ބުނީމަސްވެރިކަން މި ދުވަސްވަރު ދަށްވެފައި ވީނަމަވެސް، އާންމުންނަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދިނުމަށް ދުރާލައި އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދުވަސްވަރު މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނު މަސް ކިރުވާފައި ވީނަމަވެސް، މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފައެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވަނީ އެވްރެޖްކޮށް ދުވާލަކަށް އެންމެ 58 ޓަނުގެ މަހެވެ.
ޝިފްޒާ ވިދާޅުވީ ރޯދަ މަހު ކަނޑުމަސް ލިބުން ދަތިވެއްޖެ ނަމަ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބަލައި، ކުންފުނިން ދުރާލައި ތައްޔާރުވަމުންދާ ކަމަށެވެ. މިފްކޯގެ ފިހާރަތަކާއި ސެންޓަރުތަކުން ރައްޔިތުންނަށް ރޯމަސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ވިދާޅުވީ، ކުންފުނީގެ މައިގަނޑު އަމާޒަކީ އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ