އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.
މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޓައިމްއިން މިއަދު ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.
އެގޮތުން ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ސިޔާސަތުތައް ފާހަަގަކުރި އެވެ.
ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިދިޔަ އަހަރު އެވޯޑެއް ވެސް ވަނީ އަރުވައިފަ އެވެ.
ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ