ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓްއެލާޓް ނެރެފި އެވެ.މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 1:00 އާ ހަމައަށެވެ.މެޓު އޮފީހުން ކުރިން ބުނިގޮތުގައި މިހާރު މިކުރަމުންދާ ވިއްސާރަ އޮންނާނީ މާދަމާގެ ނިޔަލަށެވެ. އެއަށް ފަހު ދޭތެރެއަކުން ކެރިއައުން އެކަށީގެންވާ ކަމަށް ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ