ބައެއް މިނިސްޓްރީތައް އެއްކޮށްލައި، އެ މިނިސްޓްރީތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، 11 މިނިސްޓްރީއަކަށް މިނިސްޓަރުން އައްޔަންކުރައްވައިފައެވެ. އޭގެ ތެރެއިން އަލަށް ކެބިނެޓަށް އައްޔަންކުރައްވާފައިވަނީ ހަތަރު މިނިސްޓަރެކެވެ.
ދެން ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަކީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން އަލުން މަގާމުތަކަށް އައްޔަންކުރަންޖެހޭތީ، އައްޔަންކުރެއްވި މިނިސްޓަރުންނެވެ.
ރައީސް އެ ބަދަލުތައް ގެންނަވާފައިވަނީ، މިއަދު ދިހަ މިނިސްޓަރަކު ވަކިކުރައްވައިފައެވެ.
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، އަލުން މިނިސްޓަރުން އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ