އަބްދުﷲ ގާޒީގެ މައްސަލައެއް ނުބަލަން: ޖޭއެސްސީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭ ޑިސިޕްލިނަރީ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދާ ކަމަށާއި އެފަދަ މައްސަލައެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 
އަބްދުﷲ ގާޒީގެ ޑިސިޕްލިނަރީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް ޖޭއެސްސީއާ އެ ސުވާލު ކުރުމުން ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. 
"އެފަދަ އެއްވެސް މައްސަލަ ކޮމިޝަނަކު ނެތް. އެ ގާޒީއާބެހޭ ގޮތުން ބަލަން ޖެހޭ މައްސަލައެއް ފާހަގަ ކުރެއްވިފައެއްވެސްނެތް. އެފަދަ މައްސަލަތަކެއް ބަލާ ކަމަށް ދެކެވޭ ވާހަކަތަކީ ބޮޑު ދޮގެއް، އެއީ ފިތުނަ އުފައްދާ ޖުޑިޝަރީ އާއި ފަނޑިޔާރުންގެ އަގު ވައްޓާލާން ފަތުރާ ވާހަކަތައް،" އެ އޮފިޝަލު ވިދާޅުވިއެވެ. 
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އޮތް ދުވަސްވަރު އަބްދުﷲ މުހައްމަދާ ބެހޭ މައްސަލައެއް ބަލާފައި ވެއެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ