ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ދަތުރު ފަތުރުތައް އިތުރުވާނެތީވެ އެމެރިކާގެ ސިޓީތަކަށް 100 މިލިއަން ޑޮލަރު ދީފި އެވެ.
މިއީ ގަވާއިދުން ދަތުރުތައް ބޭއްވުމަށާއި އެ ގައުމަށް އެތެރެވާ މީހުންނަށް ހަލުވި ކަމާއެކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސަން އެއްގަމު ދަތުރުތައް އިތުރުކޮށް، މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ދީފައިވާ ފައިސާ އެވެ.
މި ގޮތުން ދަތުރު ފަތުރަށް އެންމެ ބޮޑު ބަޖެޓެއް ދީފައިވާ ދެ ސިޓީތަކަކީ ނިއުޔޯކާއި ނިއުޖާޒީ އާއި ނެވާކަށެވެ. އެއީ 10.4 މިލިއަން ޑޮލަރެވެ.
އެމެރިކާއިން ބުނީ ވޯލްޑް ކަޕަށް އެ ގައުމަށް 5 މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޖަމާވާނެ ކަމަށް ބެލެވޭ ކަމަށާއި މި އެންމެނަށް ދަތުރު ފަހތުރު ހަމަޖައްސައިދިނުމަށް ގިނަ ދަތުރުތަކެއް ކުރަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ވޯލްޑް ކަޕް ފުޅާކށް 104 މެޗުގެ 48 ޓީމުގެ މުބާރާތަކަށްވާތީ އެވެ. މިހެންވެ މި ވޯލްޑް ކަޕް ވާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ހަރަކާތް ގިނަ ވޯލްޑް ކަޕަށެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތުގައި ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައަކީ ދަތުރު ފަތުރުގެ އަގު ބޮޑުވުން ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މިކަމާ ގުޅިގެން ބޮޑުވާ އަގު އާއްމު ރައްޔިތުންނަށް ފިފާއިން ދޭން ޖެހޭނެ ކަމަށް ވެސް އެމެރިކާގެ ބައެއް ސެނެޓަރުން ވަނީ ގޮވާލައިފަ އެވެ.
ވޯލްޑް ކަޕް: ދަތުރުފަތުރު ހަމަޖައްސަން އެމެރިކާއިން 100 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ