ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމެރީ އެދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ( ސިނާ ) ކާމިޔާބުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ. ނަމަވެސް ބައި އިލެކްޝަނަށް ހުޅުވާލުމުން ސިނާން ވަނީ ޕީއެންސީގެ ޓިކެޓުގައި އަލުން އެ ދާއިރާއަށް އިންތިހާބުވެވަޑައިގަތުމަށްޓަކައި ޕްރައިމެރީގައި ވާދަކުރައްވާފައި އެވެ.
މިއަދު ހެނދުނުން ފެށީގެން ހަވީރުގެ ނިޔަލަށް ކުރިޔަށްގެންދިޔަ ޕީއެންސީގެ މި ޕްރައިމެރީގައި ސިނާން ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުއާއިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ޕްރައިމެރީ ސިނާން ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަން: ޕީއެންސީގެ ޕްރައިމެރީ ކާމިޔާބުކުރީ ކުރީގެ މެމްބަރު ސިނާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ