މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި މިއަދު އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރިމެޗް އިންޑިއާ ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައް އެޓީމް ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗް ޕާކިސްތާނުގެ މައްޗަށް އެޓީމް ކުރި ހޯދީ، 3-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިންޑިއާއިން ވަނީ މެޗްގެ ވަރަށް ކުރީކޮޅު ލީޑް ނަގާފައެވެ. ތިންވަނަ މިނެޓްގައި އިންޑިއާއިން ޖެހި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ.
އިންޑިއާ ކުޅުންތެރިން ލަނޑުޖެހުމަށްފަހު... ފޮޓޯ: ސާފް
އިންޑިއާއިން ލީޑް ނެގިނަމަވެސް ޕާކިސްތާނުން ވަނީ ދޭތެރެއަކުން އިންޑިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ކީޕަރު ސޫރަޖް ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އިންޑިއާއިން ދެވަނަ ލަނޑު ޖަހާފައިވަނީ ފަހު ހާފްގެ ކުޅުން ފަށައިގެން 63 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު ޖަހާފައިވަނީ ޑޮޑުމްއެވެ. އިންޑިއާގެ ތިންވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޑޮޑުމް އެވެ.
އިންޑިއާއަތުން ޕާކިސްތާނު ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ. ޕާކިސްތާނު ވަނީ ބަންގްލަދޭޝް އަތުންވެސް 2-0 ގެ ނަތީޖާއިން ބަލިވެފައެވެ.
މުބާރާތުގައި އަންނަ ހޮނިހިރުދުވަހު އިންޑިއާ ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. މިއީ މި މުބާރާތުގައި ފެނިގެންދާނެ އެންމެ ވަރުގަދަ މެޗެވެ.
ޕާކިސްތާނު ބަލިކޮށް އިންޑިއާ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ