މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނީ، މަހަށް ގޮސް އުޅުނު މަސްދޯންޏަކުން މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 05:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށާއި އޭނާ މިހާރު ވަނީ ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މީހާ ފެނުނު އިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން ބައެއް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފަ އެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ، އޭޝިޔާ / ގދ.ގައްދޫ، އިސްޙާޤު ރަޝީދު (44އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ