ޑައިވްކުރި މަސްވެރިޔަކު ނިޔާވެއްޖެ

އެންދަމަން ޑައިވްކުރި މަސްވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްޖެގައި ބުނެފައިވަނީ، މަސްދޯންޏަކުން މަހަށް ނިކުތް މީހަކު ގެއްލިގެން އުޅޭ ކަމަށް ފަތިހު 05:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށާއި، މިހާރު އެ މީހާ ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައިއެވެ. އަދި އެމީހާ ފެނުނުއިރުވެސް ނިޔާވެފައިވާކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ، އިސްހާގް ރަޝީދު ގދ. ގައްދޫ / އޭޝިއާ އެވެ. އިސްހާގް ރަޝީދު ގެއްލިފައިވަނީ، ގދ. މާވެއްދޫގެ މައިފަރުގެ ބޭރުގައި އެންދަމަން ފީނަން ފައިބައިގެން އުޅުމުގެ ތެރޭގައިއެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް އިސްހާގް ރަޝީދު ފެނިފައިވަނީ، މިއަދު ހެނދުނު 07:49 ގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ