އުރީދޫ އިން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫގެ ފަންރަން ކުޑަކުދިންގެ ހަވީރު ފަށައިފިއެވެ.
އުރީދޫ އިން ބުނީ މި ފަންރަންގައި ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެ ކަމަށާއި، އެގޮތުން ލަކީޑްރޯގައި ނަސީބުވެރި ތިން މީހަކަށް ސްރީ ލަންކާގެ ކޮލޮމްބޯ އަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީގެ އިތުރުން ސްނޯކަލް ކިޓެއް ހިމެނޭނެކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓެއް ކަމަށެވެ. މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރު ކުރިއަށްދާއިރު އުރީދޫ އިން ބުނީ ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ހޯދައިދެމުން ކަމަށެވެ.
އުރީދޫގެ ފަންރަންގައި ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ފަހަރަކުވެސް ބައިވެރިވާއިރު، މި އަހަރު ވެސް 6000 އަށް ވުރެ ގިނަ މީހުން ރަޖިސްޓާކޮށްފައިވާކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ފަންރަންގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
މީގެއިތުރުން އުރީދޫ ފަންރަން މިއުޒިކް ޝޯއެއްވެސް ވަނީ ބާއްވާފައެވެ. ރޭ ބޭއްވި މިއުޒިކް ޝޯގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ޕަފޯމްކޮށްފައިވެއެވެ. އޭގެތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނެއެވެ.
އުރީދޫ ފަންރަން ފަށައިފި، ލަކީޑްރޯގެ ނަސީބުވެރި ތިން މީހަކަށް ކޮލޮމްބޯ ޓިކެޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ