ކަފިހިހުރަސް މަތިން އެކްސިޑެންޓްވުމުން ފިލި ޑްރައިވަރަކު ހައްޔަރުކޮށްފި

ކަފިހިހުރަސް މަތިން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ އެ ކާރުގެ ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ، ހުޅުމާލެ ފޭސް 2ގެ އެމްއޭސީއެލް ޓަވަރު ކައިރީ އެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެ ވަގުތު ކަފިހިހުރަސް މަތިން މަގު ހުރަސް ކުރި އުމުރުން 63 އަހަރު ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލު - ފުލުހުން މިއަދު ބުނީ، 63 އަހަރުގެ މީހާ ގައިގައި ކާރުން ޖެހި، އޭނާ ވެއްޓުމުގެ ސަބަބުން އޭނާގެ އެއް ފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންނެވެ.
"63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ،" ފުލުހުން ބުންޏެވެ.
އެއާ އެކު، ސީސީޓީވީ ފުޓޭޖް ބަލައި ކާރު ދުއްވަން އިން މީހާ ހޯދި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:
ކާރު ދުއްވަން އިނީ ހާލިދު އަބްދުﷲ އަލީ، 57، ފުވައްމުލަށް/ދަޑިމަގު، ނައިސް
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ