ޑްރަގް ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެންޑީއޭގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އެ މީހާގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ފްލޮރިޑާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް އެވެ. އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.
ފުލުހުން މިރޭ ބުނީ ފަސީހްގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ